ސަރުކާރު ޓެކްސީ ލައިންގެ ހިދުމަތް ފެށުން އަނެއްކާވެސް ފަސްވެއްޖެ، ހިދުމަތް ފެށޭނީ އަންނަ އަހަރު

އަދަދު

27 އޮކްޓޯބަރު 2025 | ހޯމަ | 10:32

ސަރުކާރުން ޓެކްސީ ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައި މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށް ބުނި ޓެކްސީ ލައިނުގެ ހިދުމަތް ފެށޭނީ އަންނަ ޖެނުއަރީ ހިސާބުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަމުން އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަން ނިންމާފައި ވަނީ އިލެކްޓްރިކް ވެހިކަލް ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވާތީ ވައިގެ ތެރޭގައި ލޮނުގެ އަސަރު ގިނަކަމުން ވެހިކަލްތަކަށް މޮޑިފިކޭޝަންތަކެއް ގެންނަޖެހޭ ކަމަށެވެ. ޓެކްސީ ލައިން ފެށުމުގައި ލަސްކަމެއް އަންނަނީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ލޮނުގެ އަސަރު ކުރާ ސަރަހައްދަކަށްވެފައި އަޅުގަނޑުމެންނަކީ އައިލެންޑް ނޭޝަންއަކަށް ވީމާ، މީގެ މޮޑިފިކޭޝަންސްތަކެއް އުފައްދާ ފަރާތްތަކުން ކޮންމެވެސް ވަރަކަށް ގެންނަންޖެހޭތީ އެ ބަދަލާ އެކީގައި ކުޑަ ލަސްވުމެއް މި އަންނަނީ، އެކަމަކު ވެސް އިރާދަކުރެއްވިއްޔާމުން މި އަހަރު ނިމޭ ހިސާބުގައި ނޫނިއްޔާމުން ޖެނުއަރީ ހިސާބުގައި ތިޔަ ވިދާޅުވި ޓެކްސީ ލައިނުގެ ހިދުމަތް ފެށިގެން ދާނެ،" އަމީން ވިދާޅުވި އެވެ.

މައުޟޫޢުތަށް