ގާނޫނާ ހިލާފަށް ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މަޖިލިސް މެންބަރުން އެދޭ ކަމަށް އަމީން ވިދާޅުވެއްޖެ
އަދަދު
27 އޮކްޓޯބަރު 2025 | ހޯމަ | 10:41
ގާނޫނާ ހިލާފަށް، ގާނޫނުން ބޭރުން ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މަޖިލިސް މެންބަރުން އެދޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ގާނޫނާ ހިލާފަށް އެއްވެސް ވެހިކަލްއެއް މިހާރު ރެޖިސްޓްރީ ކޮށްނުދޭ ކަމަށެވެ.
"ގާނޫނީ ޒިންމާ އަޅުގަނޑުމެން ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް އުފުލާފައި އޮންނާނީ، ފެނިވަޑައިގަންނަވާނެ މިހާރު ގާނޫނާ އެއްގޮތަށް ނޫނިއްޔާމުން ވެހިކަލް ރެޖިސްޓްރީއެއް ނުކުރެވޭނެ. ތީގެ ތެރެއިން ވެސް ހަމަ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ކައިރީގައި ރިކުއެސްޓް ކުރީމާ އަޅުގަނޑު ހަމަ އަރުވާ ޖަވާބަކީ ނުވާނެޔޭ،" އަމީން ވިދާޅުވި އެވެ.