ވީއައިއޭ އިން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރު، ފައިސާ ގެންދަން ބީއެމްއެލްއިން ފުލުހުންގެ ސެކިއުރިޓީ ބޭނުންނުކުރޭ!
އަދަދު
27 އޮކްޓޯބަރު 2025 | ހޯމަ | 10:44
މާސްކް އެޅި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ފޭރިގަތީ 100،000 އަށްވުރެ ގިނަ ޑޮލަރު ކަމަށާއި އެ ވަގުތު އެ މީހުންނާއެކު ފުލުހުންގެ ސެކިއުރިޓީ ނެތްކަން އެނގިއްޖެ އެވެ.
ފުލުހުންގެ މީޑިއާ ޓީމުން ފޮނުވި މެސެޖެއްގައި ބުނީ ވީއައިއޭގެ ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބީއެމްއެލްގެ ސްޓާފުން ޑޮލަރު ހުރި ބްރީފް ކޭސް ގެންދިޔައީ ވީއައިއޭގެ ބައު ޓާމިނަލުން މި އަހަރު ހުޅުވި ޓާމިނަލުގައި ހުންނަ ޑޮލަރު ކައުންޓަރަށެވެ.
ޑޮލަރުތައް ހުރި ބްރީފް ކޭސް ޖަހައިގަތީ ދެ ޓާމިނަލު ދެމެދު އޮންނަ ވޯކްވޭ އިން ކަމަށް މައުލޫމާތު ލިބެ އެވެ.