ފްލެޓު ލިސްޓުގެ މައުލޫމާތު ނުދީގެން ހައުސިން މިނިސްޓްރީ އާ ދެކޮޅަށް އައިކޮމް އިން ދައުވާ ކުރަނީ

އަދަދު

27 އޮކްޓޯބަރު 2025 | ހޯމަ | 1:00

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ 4000 މީހުންގެ ލިސްޓާއި ގުޅޭގޮތުން އާންމުންގެ މީހަކު ހުށަހެޅި އާރުޓީއައި އާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނުން މައުލޫމާތު ދޭން އެދި ކުރި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކަކަށް މައްޗަށް ދައުވާ ކުރަން ނިންމައިފި އެވެ.

މި މައްސަލާގައި ހިމެނެނީ ޖުލައި 2024 ގައި ހުށަހެޅި އާރުޓީއައި އެކެވެ. އާރުޓީއައި ހުށަހެޅި ފަރާތުން އެދިފައިވަނީ ފްލެޓު ލިސްޓު ތަހުގީގުކޮށް އޭސީސީއިން ހައުސިން އަށް ފޮނުވި ލިސްޓުގައި އޭނާ އޮތް ކެޓަގަރީ ބުނެދިނުމަށެވެ.

އޭނާގެ ހުށަހެޅުމަށް ހައުސިން އިން ޖަވާބުގައި ބުނެފައިވަނީ ފްލެޓު ލިސްޓުގެ މަސައްކަތް ކުރިއަށްދާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ. އެ ޖަވާބާމެދު ހިތްހަމަ ނުޖެހިގެން އާރުޓީއައި ހުށަހެޅި ފަރާތުން އެ މައްސަލަ ހުށަހެޅީ ހައުސިންގެ މުރާޖައާ ކޮމިޓީއަށެވެ. ނަމަވެސް، އެ ކޮމިޓީން މި މައްސަލާގައި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މައުޟޫޢުތަށް