ދިގުނުދަންމައި ގޯއްޗާއި ފްލެޓްތައް ލިބުނު މީހުންނަށް އެ ތަންތަން ބޭނުންކުރެވޭ ގޮތް ހަދަން ގޮވާލައިފި
އަދަދު
27 އޮކްޓޯބަރު 2025 | ހޯމަ | 2:11
ދިގުނުދަންމައި ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯއްޗާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި ފްލެޓްތައް ލިބުނު މީހުންނަށް އެތަންތަން ބޭނުންކުރެވޭ ގޮތް ހަދަން އުތުރު ތިލަފަޅު ޔޫނިއަން ((ޔޫޓީއެފް ޔޫނިއަން) އިން މިއަދު ގޮވާލައިފި އެވެ.
ޔޫޓީއެފް ޔޫނިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރީ ސަރުކާރުން ގޯއްޗާއި ފްލެޓަށް ހުޅުވާލި މުއްދަތުގައި 40،594 އަށްވުރެ ގިނަ މީހުން ކުރިމަތިލި ކަމަށާއި އެކަމަކު އެ ފޯމުތައް އިވެލުއޭޓް ނުކޮށް ލަސްކުރަމުންދާ ދިއުމަކީ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވެހިކަމުގެ ހައްގުން މަހުރޫމުވާނެ ކަމެއް ކަމަށެވެ.
ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅުން ބިން ހިއްކައި، ގޯތި ކަނޑައި ދިނުމަކީ، ގާތްގަނޑަކަށް ފަންސާސް ދެހާސް ދިވެހި އާއިލާއަކަށް ލިބިގެންދާނެ ބޯހިޔާވަހިކަމެއް. އެހެންކަމުން ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، މިއީ ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެ،" ޔޫޓީއެފް ޔޫނިއަނުން ބުންޏެވެ.