ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ސިވިލް ސާވިސްއާ އެއްގިންތިކުރަނީ

އަދަދު

27 އޮކްޓޯބަރު 2025 | ހޯމަ | 3:24

ލޯކަލް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ސިވިލް ސާވިސްއާ އެއްގިންތިކުރާނެ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. އަތޮޅަށް ކުރައްވާ ދަތުރުގައި ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ގްރޭޑް ހަތަރަކުން ގްރޭޑް އެކަކަށް ބޮޑުކޮށްދީ، ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު ބޮޑުކުރި މުސާރަ ވެސް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ނިންމާފައި މިހާރު މިއޮތީ ނޮވެމްބަރު 1 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރެވިގެންދާއިރު ކައުންސިލް މުވައްޒަފުންގެ ވެސް ޕޭ ހާމަނައިޒްވާއިރުގައި ރާއްޖޭގެ ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނާ އެއްގިންތިއަކަށް ހަތަރަކުން ތިނަކަށް ނޫން. ހަތަރަކުން އެކަކަށް،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް