ޔާމީން ދިއްދޫއަށް ވަޑައިގަތީ މިއަދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވައިދިނުމަށް އެދިވަޑައިގަތުމަށްފަހު

އަދަދު

27 އޮކްޓޯބަރު 2025 | ހޯމަ | 3:36

ކުރީގެ ރައީސް ޔާމީން ހއ. ދިއްދޫއަށް ވަޑައިގެންނެވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވުމަށްފަހުކަން އެނގިއްޖެ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 އަށެވެ. ނަމަވެސް ދިއްދޫއަށް ފުރާވަޑައިގަންނަވާތީ ޔާމީން ވަނީ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި އެ ކޯޓަށް ސިޓީއަކުން ދަންނަވައިފަ އެވެ.

ޔާމީން ދިއްދޫއަށް ވަޑައިގެންނެވީ ހއ. އަތޮޅު ކައުންސިލް އެވޯޑު، "ތިލައުތުރު އެވޯޑް 2025" ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި އެވޯޑު ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް މުހައްމަދު މުއިއްޒުއަށް ވެސް ދައުވަތު ދެއްވި އެވެ. ނަމަވެސް އެ ދައުވަތު ގަބޫލުކުރައްވާފައެއް ނުވެ އެވެ.

މައުޟޫޢުތަށް