އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންގޮސްދޭން އެދިފައި އޮއްވައި ކްރިމިނަލް ކޯޓުން ޔާމީނަށް އިންޒާރެއް

އަދަދު

27 އޮކްޓޯބަރު 2025 | ހޯމަ | 4:02

ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަން ދައުވާތަކުގެ މިއަދުގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ގެންގޮސްދިނުމަށް އެދި ޔާމީނުގެ ފަރާތުން އެ ކޯޓަށް ސިޓީއެއް ފޮނުވާފައި އޮއްވައި، ޔާމީންއަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި އެވެ.

ޔާމީން މި ވަގުތު ހުންނެވީ ހއ. ދިއްދޫގަ އެވެ. އެމަނިކުފާނު ދިއްދޫއަށް ވަޑައިގެންނެވީ ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދަށް ތާވަލުކޮށްފައި ވަނިކޮށެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އެވެ. އެ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 އަށެވެ.

މައުޟޫޢުތަށް