ތަންތަނަށް ދިޔުން މަނާކޮށްގެން ގެންގުޅެން ސިޔާސީ ހަތުރުން ބޭނުންވާ ސަބަބު ދިއްދޫއިން ކީ އިސްތިގުބާލުން ފެނިއްޖެ: ޔާމީން
އަދަދު
27 އޮކްޓޯބަރު 2025 | ހޯމަ | 10:23
ތަންތަނަށް ދިޔުން މަނާކޮށް ޖަލުގައި ގެންގުޅެން ސިޔާސީ ހަތުރުން ބޭނުންވާ ސަބަބު ހއ. ދިއްދޫއިން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއިން އެނގިއްޖެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިއްދޫގައި މިރޭ އޮތް ތިލަ އުތުރު އެވޯޑު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވުމަކީ އޭގެ ޒާތުގައި ސިޔާސީ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުން އެކަން ވަރަށް ބޮޑަށް ސިޔާސީ ކޮށްލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ އަޅުގަނޑު ހުއްޓި މި ހުރީ އުފާވެރިކަމުގެ ފިޔަވަޅެއްގައޭ، ހަމަ އެހެންމެ އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭ އަޅުގަނޑުގެ ވާދަވެރި ސިޔާސީ ހަތުރުން އަޅުގަނޑު ޖަލުގައި ގެންގުޅުމާއި ބަންދުގައި ގެންގުޅުމާއި ތަންތަނަށް ދިޔުން މަނާކޮށްގެން މިއުޅެނީ ކީއްވެގެންކަން މިއަދު އަޅުގަނޑަށް ދިއްދޫއިން ތިޔަ ވިދާޅުވި އިސްތިގުބާލުން އެކަންކަން ހަމަ ވަރަށް ސާފުކޮށް އަޅުގަނޑަށް ފެނިގެން ހިނގައްޖެ،" ޔާމީން ވިދާޅުވި އެވެ.