"ބަނޑުހައިވެގެން" ކައިފައި ކެފޭއަށް ބިލު ނުދައްކާ ފިލަން އުޅުނު މީހަކު ބަންދުކޮށްފި

އަދަދު

28 އޮކްޓޯބަރު 2025 | އަންގާރަ | 10:25

މާލޭގެ ކެފޭއަކުން ކައިފައި ބިލު ނުދައްކާ ފިލަން އުޅުނު މީހަކު ހައްޔަރުކޮށްގެން، ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެކަން ކުރީ ބަނޑުހައިވެގެން ކަމަށް އޭނާ ކޯޓުގައި ބުނެފި އެވެ.

މި މައްސަލައިގައި، ވައްކަންކުރުން/އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ތިމާ އަމިއްލަ ބާރު ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރީ ގދ. ވަދޫ، ޖަވާހިރުމަގެ، ރާއިފް އަލީ، 25، އެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.

އޭނާގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް ކޯޓުގައި ކިޔައިދެމުން ރާއިފު ބުނީ ދިރިއުޅޭނެ ތަނެއް ނެތުމުން، އޭނާ ނިދަނީ ޖޯލިތަކުގައި ކަމަށެވެ. އަދި އާއިލާ މީހުން ދުނިޔޭގައި ތިއްބަސް އެ މީހުންގެ ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

މައުޟޫޢުތަށް