ބަންކަރިންނާއެކު ފަށަން ބުނި ހިދުމަތްތަކާއި އުފެދުނު ވަޒީފާތަކުގެ ތަފުސީލެއް ސައީދަކަށް ނޭނގޭ
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 10:16
ބަންކަރިން ހިދުމަތާއެކު ފަށަން ބުނި 14 ހިދުމަތުގެ އަދާހަމަ އާއި ބަންކަރިން ހިދުމަތުގެ ސަބަބުން އުފެދުނު ވަޒީފާތަކުގެ ތަފުސީލު އެނގިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ސިޔާސަތު ސަރުކާރުން ކަނޑައެޅުމަށްފަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޓީއޯއާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމެއްގެ ތަފުސީލު އެސްޓީއޯގައި ހުންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ދެން މިއާ ގުޅިގެން 14 ކަމެއް މެރިޓައިމް ދާއިރާއަށް އަންނާނެޔޭ ނުވަތަ އައިސްފިތޯ އެ ސުވާލުތަކާއި އަދި އޭގެ ސަބަބުން އުފެދުނީ ކިތައް ވަޒީފާކަމާއި އޭގެ ސަބަބުން ކިތައް ބޯޓު އައިސްފިކަމާއި މި ހުރިހާ އެއްޗެއް، އަޅުގަނޑު ވާހަކަ ފަށަމުން ވެސް މި ދެންނެވީ މި ހިދުމަތް ދިނުމަށް އެސްޓީއޯއަށޭ އެއޮތީ ހަވާލުކޮށްފައި، އެ ބޭފުޅުން އަތްޕުުޅުގައި ހުންނާނެ ތި ހުރިހާ ތަފުސީލެއް،" ސައީދު ވިދާޅުވި އެވެ.