ފައިނޭންޝަލް ސެންޓަރުގެ އަދާހަމައާ ގުޅޭގޮތުން ސައީދު ޖަވާބެއް ނުދެއްވި
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 11:40
މިދިޔަ މެއި 5، ގައި ބިންގާ އެޅި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ އަދާހަމައާ ގުޅޭގޮތުން މަޖިލީހުގައި ކުރި ސުވާލަށް ޖަވާބު ނުދެއްވައި، ޝައުގުވެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ނަތީޖާ ނުކުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ވަޑައިގެން މަރަދޫ ދާއިރާގެ މެންބަރު، އަހުމަދު ދީދީ ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ކެތްތެރިކަމާއެކު ކަންކަން ކުރުމަށް ރަނގަޅު ރޫހުގައި ޝައުގުވެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ނަތީޖާ ނުކުންނާނެ ކަމަށެވެ.
"ފައިނޭންޝަލް ސެންޓަރު ވެސް އަދި ޑިވެލޮޕްމެންޓް ބޭންކު ވެސް އިންޓަނޭޝަނަލް ބަންކަރިން ވެސް އަދި މީގެ ކުރިން ވެސް އަޅުގަނޑުމެން ހަމަ ގެނައި އެތައް ކަމެއް ކުރިއަރައިގެން ދިޔަ ގޮތަށް އިންޝާالله ނަތީޖާ ނުކުންނާނެ،" ސައީދު ވިދާޅުވި އެވެ.