މި މަހަށް ރޭވި މުއިއްޒުގެ އައްޑޫ ދަތުރު އަންނަ މަހަށް ފަސްކޮށްފި
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 1:07
މި ހަފުތާގެ ތެރޭ ރައީސް މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަން ރޭވި ދަތުރު، އަންނަ މަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު އައްޑޫއަށް ވަޑައިގަންނަވަން ނިންމެވީ އާދިއްތަ ދުވަހު އެވެ. އެކަން ކައުންސިލަށާއި އިދާރާތަކަށް އަންގާ، އެމަނިކުފާނާއެކު ވަޑައިގަންނަވާ ބައެއް ސިޔާސީން ޓިކެޓު ނެގި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
އެ ދަތުރު މިހާރު ވަނީ އަންނަ މަހުގެ ތާރީހަކަށް ފަސްކޮށްފަ އެވެ. ނަމަވެސް، ރައީސް އޮފީހުން ވަނީ މުއިއްޒުގެ ދަތުރު ފަސްނުކުރާ ކަމަށް ބުނެފަ އެވެ. މި ނޫހުން ސުވާލުކުރުމުން އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ މުއިއްޒުގެ ދަތުރު ފަސްކުރަން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ވަޑައިގަންނަވާ ތާރީހެއް ވިދާޅެއް ނުވެ އެވެ.