ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އިންވެސްޓަރުންނެއް ނުވި، ލުއިތަކެއް ދީ އަނެއްކާވެސް ބީލަމަށް ހުޅުވާލައިފި

އަދަދު

28 އޮކްޓޯބަރު 2025 | އަންގާރަ | 11:44

ކ. ކާށިދޫ ފަޅު (ކާށިދުއްފަރު) ގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން މިދިޔަ އޭޕްރިލް މަހު އިއުލާން ކުރުމުން އިންވެސްޓަރުން ލިބިފައިނުވާތީ އިތުރު ލުއިތަކާއެކު އަނެއްކާ ވެސް އެ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ކާށިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި އެކަމަށް އެއްވެސް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން ފުރުސަތު ހުޅުވާލީ ބޮޑެތި ލުއިތައް ދިނުމަށްފަހު ކަމަށެވެ.

"އެނގިވަޑައިގެންފައި އޮންނާނެ އަޅުގަނޑުމެން އިއުލާން ކުރިން. އެހެންނަމަވެސް ފުރަތަމަ އިއުލާން ކުރެވުނު މަރުހަލާގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅެއް ނުކުރި. އެހެންކަމުން އެކަމެއް ނުވެ އަދި މިއޮތީ. އެހެންނަމަވެސް އަނެއްކާ އަޅުގަނޑުމެން ވަރަށް ބޮޑެތި ލުއިތައް މި ރަށަށް ހާއްސަކޮށް ލުއިތައް ދީފައި އަނެއްކާ ފުރުސަތު ހުޅުވާލައިފިން،" މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް