ދަފުތަރު ވަގުތުން ވަގުތަށް އުވާލައި ފްލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ބޭރު ބަޔަކާ ހަވާލުކުރަން ޖެހޭ: ޝާހިދު

އަދަދު

28 އޮކްޓޯބަރު 2025 | އަންގާރަ | 1:43

މާލޭގެ ދަފުތަރު ވަގުތުން ވަގުތަށް އުވާލައި ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރަން ބޭރުގެ ބަޔަކާ ހަވާލު ކުރަންޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ހައްގަށް ބެލުމެއްނެތި ރަސްމާލެއަށް އިސްކަންދޭ މައްސަލައިގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝާޑު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ މިއަދު އޮތް މިންވަރަށް ބޮޑުވެގެން ދިޔައީ ސިޔާސީ ވެރިން، އެމީހުންގެ ބާރުތައް ދެމެހެއްޓުމަށްޓަކައި ކުރި ސިޔާސީ ކަންކަމުގެ ސަބަބުން ކަމަށެވެ.

މާލޭގެ ދަފުތަރަކީ ސިޔާސީ ބާރުވެރިކަން ހިފެހެއްޓުމަށް ހަދާފައި އޮތް އެއްޗެއް ކަމަށް ޝާޑު ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް މާލޭގެ ދަފުތަރު އުވައިލަންޖެހޭ ކަމަށް ޝާޑު ވިދާޅުވި އެވެ.

މައުޟޫޢުތަށް