ކަސްޓަމްސް ލިސްޓު: ވޭޕު އެތެރެ ކުރި މީހަކަށް 72 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

އަދަދު

28 އޮކްޓޯބަރު 2025 | އަންގާރަ | 3:24

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ފައިސާ ދައްކަންޖެހޭ މީހުންގެ ލިސްޓުގައި، ވޭޕު އެތެރެ ކުރި މައްސަލައެއްގައި 72 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ މީހަކު ހިމެނިއްޖެ އެވެ.

އެ ލިސްޓުގައި ޖުމްލަ 503 ފަރާތެއްގެ ނަން އެބަ އޮތެވެ. އެންމެ ގިނައީ ދުންފަތުގެ ގާނޫނާ ހިލާފުވެގެން ކޮށްފައި ހުރި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ މާލެ، މާފިނިވާގޭ، އަޝްރަފް ވަހީދު އެވެ. އޭނާ ވަނީ 72.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

ކަސްޓަމްސްއަށް އެންމެ ގިނައިން ފައިސާ ދައްކަންޖެހިފައި ވަނީ ސަލްޓަންސް އޮފް ދަ ސީސް އިން 110 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އެއީ އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާއަށްވާ ފައިސާ އެވެ.

މައުޟޫޢުތަށް