ވީއައިއޭ އިން ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް

އަދަދު

28 އޮކްޓޯބަރު 2025 | އަންގާރަ | 1:55

މާސްކް އެޅި ބަޔަކު އިއްޔެ ރޭ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ ލ.މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް، 20، އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 24، އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، 30 އެވެ.

ފައިސާ ފޭރުނު މީހުން އެއާޕޯޓުން ފިލީ ލޯންޗެއްގަ އެވެ. އެ ލޯންޗު ވެސް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މައުޟޫޢުތަށް