ވީއައިއޭއިން ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖެހީ ވަކީލެއްގެ ފުރުސަތު ނުދީ
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 4:04
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ, ބީއެމްއެލްގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖެހީ ވަކީލެއްގެ ފުރުސަތު ނުދީކަން އެނގިއްޖެ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ލ.މާވަށް، ރޭޝަމް، މާޒިން މޫސާ، 25، އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް، 20، އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް 24، އަދި ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، 30 އެވެ. އެ އެންމެންގެ ބަންދަށް ވެސް ފަސް ދުވަސް ވަންދެން ބަންދުކޮށްފައި ބޭތިއްބުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ.
ނަމަވެސް، އެމީހުންގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ވަކީލެއްގެ ފުރުސަތު ނުދީ ކަމަށް އެމީހުންގެ ވަކީލުން ޓީމުން ބުންޏެވެ. އެ ހަތަރު މީހުންގެ ވަކީލުން ޓީމުން ބުނީ އެމީހުން ހައްޔަރުކުރުމާއެކު، އެމީހުންނަށް އައްޔަނުވުމަށް ރޭ 10 ޖަހާކަށްހާއިރު ފޯމު ހުށަހެޅުމަށްފަހު އެމީހުންގެ މައްސަލަ ބަލާ އިންވެސްޓިގޭޓިން އޮފިސަރަށް އެންގި ކަމަށެވެ.