ކަސްޓަމްސް ލިސްޓު: ސަލްޓަންސް އޮފް ދަ ސީސް އިން 110 މިލިއަން ރުފިޔާ ދައްކަންޖެހޭ

އަދަދު

28 އޮކްޓޯބަރު 2025 | އަންގާރަ | 3:34

ސަލްޓަންސް އޮފް ދަ ސީސް އިން މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 110 މިލިއަން ރުފިޔާ ދައްކަންޖެހޭކަން ހާމަވެއްޖެ އެވެ.

ކަސްޓަމްސް އަށް ފައިސާ ދައްކަންޖެހޭ މީހުންގެ ލިސްޓު ނެރުނުއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ސަލްޓަންސްގެ ނަމެވެ. އެ ކުންފުނިން ދައްކަންޖެހެނީ އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާއަށްވާ 110 މިލިއަން ރުފިޔާ އެވެ.

ޖުމްލަ 503 ފަރާތެއްގެ ނަން ހިމެނޭ ކަސްޓަމްސްގެ ލިސްޓުގައި އެންމެ ގިނައީ ދުންފަތުގެ ގާނޫނާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ މީހުންގެ ނަމެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ މާލެ، މާފިނިވާގޭ، އަޝްރަފް ވަހީދު އެވެ. އޭނާ ވަނީ 72.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

މައުޟޫޢުތަށް