ގުޅީފަޅުން ދޫކުރި ގޯތިތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އެޕޮއިންޓްމެންޓު ހެދުން ހުއްޓުމަކަށް ގެންނަނީ

އަދަދު

28 އޮކްޓޯބަރު 2025 | އަންގާރަ | 10:32

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުން، އައު ރަޖިސްޓްރީ އާއި އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ނިމުމަކަށް ގެނައުމަށް ހައުސިން މިނިސްޓްރީން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އައު ރަޖިސްޓަރީ އަދި އެގްރީމަންޓްގައި ސޮއި ކުރުމަށް ދިގު މުއްދަތެއް ދީފައިވާ ކަމަށާއި އެކަމަށް އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ނޮވެމްބަރު 6، ގައި ބަންދުވާނެ ކަމަށެވެ. މިއީ ގުޅީފަޅުން ލިބުނު ގޯތިތަކުގެ ރަޖިސްޓްރީ އާއި އެއްބަސްވުމުގައި ހަވާލުވުމަށް ލިބޭ ފަހަރު ފުރުސަތު ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

"މި މުއްދަތުގެ ތެރޭގައި އެޕޮއިންޓްމަންޓަށް އެދިފައިނުވާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަން،" ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް