މަސްދަރު ހާމަކުރާ އަމުރަކަށް އެދޭތާ 24 ގަޑިއިރު ތެރޭ ހައި ކޯޓުން ގޮތް ނިންމަން ހިމަނައި ގާނޫނު ބަދަލުކުރަނީ
އަދަދު
28 އޮކްޓޯބަރު 2025 | އަންގާރަ | 10:41
ހެއްކާއި ބެހޭ ގާނޫނުގެ ދަށުން ނޫސްވެރިޔަކު ލިޔާ ލިޔުމަކަށް ނުވަތަ ގެނެސްދޭ ހުށަހެޅުމަކަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން އެދި ހައި ކޯޓަށް ހުށަހަޅާ މައްސަލައާމެދު 24 ގަޑިއިރުގެ ތެރޭގައި ގޮތް ނިންމަން ޖެހޭނެހެން ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ހުށަހެޅި ބިލުގައި އަމުރަށް އެދުމުގެ ބާރު ލިބެނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް، ކުށެއްގެ ތުހުމަތު ކުރެވޭ، ނުވަތަ ދައުވާ ލިބޭ ފަރާތަށެވެ.
އެފަދައިން އަމުރަށް އެދޭތާ 24 ގަޑިއިރުގެ ތެރޭ ހައި ކޯޓުން އެކަމާމެދު ގޮތެއް ނިންމަން ޖެހެ އެވެ. މަސްދަރު ހާމަކުރަން ޖެހޭ މަގުސަދާއި މައުލޫމާތު ބޭނުންވަނީ ކޮން ކުށަކާއި ގުޅިގެންކަން އަދި މައުލޫމާތު ހާމަކުރަން ޖެހެނީ ކޮން ފަރާތަކަށްކަން އައު އިސްލާހުގެ ދަށުން ނެރޭ އަމުރުގައި ހިމަނަންޖެހެ އެވެ.