ފައިސާ ނުފޮނުވޭތީ އިންޑިއާގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް މުއިއްޒަށް
އަދަދު
29 އޮކްޓޯބަރު 2025 | ބުދަ | 10:21
އިންޑިއާއަށް ފައިސާ ފޮނުވަން ދަތިވާ މައްސަލައިގައި ހައްލެއް ހޯދައި ދިނުމަށް އެދި ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް މުހައްމަދު މުއިއްޒަށް ހުށަހަޅައިފި އެވެ.
އިންޑިއާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޓީޗަރުން ސޮއިކޮށްފައިވާ މި ޕެޓިޝަނުގައި ސިއްހީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާ މީހުން ސޮއިކުރި އެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލޭ ބްރާންޗުން މިި މަހުގެ 25، އިން ފެށިގެން މުސާރަ ފޮނުވަން ދިވެހި ރުފިޔާ ދިނުމުން ލިބޭ ޑޮލަރުގެ އަދަދު 150 އަށް ތިރިކޮށް، އެ ބޭންކުގެ ރުފިޔާ ކާޑުތައް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.