ބަންދުގެ މުއްދަތު ޖެހުމުގައި ތަފާތު ކުރާތީ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައެއްނުގަތް
އަދަދު
29 އޮކްޓޯބަރު 2025 | ބުދަ | 10:26
އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ބަންދުުގެ މުއްދަތު ޖެހުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިނުގަނެ މަޖިލީހުގެ ރިޔާސަތުން ބޭރުކޮށްލީ، ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ހަމަނުވާ ކަމަށް ބުނެ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ ށ. ގައި ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރު ކުރާފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބަޔާން ކޮށްފައިވޭ،" މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ވިދާޅުވި އެވެ.