މަސްތުވެގެން ހުރެ ފުލުހަކަށް ހަމަލާ ދިން މައްސަލައަކުން ދަރިފުޅު ސަލާމަތް ކުރަން ފަރުހާދު އުޅުނު ކަމުގެ ތުހުމަތުތަކެއް

އަދަދު

29 އޮކްޓޯބަރު 2025 | ބުދަ | 11:29

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ ދަރިފުޅު މަސްތުވެގެން ހުރެ ފުލުހަކަށް ހަމަލާދިން މައްސަލައަކުން އޭނާ ސަލާމަތް ކުރަން ފަރުހާދު ނުފޫޒު ބޭނުން ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ އެވެ.

ފަރުހާދަށް ތުހުމަތު ކުރެވެނީ އޭނާގެ ދަރިފުޅު، މުހައްމަދު ފައުޒާން ފަރުހާދު ފެބްރުއަރީ 27، 2025، ގައި ހައްޔަރު ކުރުމުން، ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ސަލާމަތް ކުރަން އުޅުނު މައްސަލައެކެވެ.

މީގެ ކުރިން 2014 ވަނަ އަހަރު، އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ބަރަހަނާ މަންޒަރު ނެގި މައްސަލައެއްގައި ވެސް ފައުޒާން ހައްޔަރު ކުރި އެވެ. އެފަހަރު، ފައުޒާންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ އެއިން ހެކި ނައްތާލި މައްސަލައެއްގައި ވެސް ފަރުހާދަށް ތުހުމުތަކެއް ކުރެވުނެވެ. ހެކި ނައްތާލީ ސީދާ ފަރުހާދު ކަމަށް ތަހުގީގުތަކުން ސާބިތުވި އެވެ.

މައުޟޫޢުތަށް