ކަސްޓަމްސްގެ ދެ މުވައްޒަފަކު ވަކިކޮށް, ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން މުއިއްޒު އަންގައިފި

އަދަދު

29 އޮކްޓޯބަރު 2025 | ބުދަ | 10:28

ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް ކަސްޓަމްސްގެ ދެ މުވައްޒަފަކު ވަކިކޮށް، އެތަނުގެ އިތުރު ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން މިއަދު އަންގައިފި އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ މައްސަލަ ދިރާސާ ކުރައްވައި ފޮނުވި ސިޓީގައި ހުރި މައުލޫމާތާއި ލަފާގެ މަތިން ވަކިކުރަން ނިންމެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ މެދު އެތަނުން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާއި ގަވާއިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް