ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު، ރަމީލާ އައްޔަނުކުރަން ފާސްކޮށްފި

އަދަދު

29 އޮކްޓޯބަރު 2025 | ބުދަ | 11:03

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ކުރިން މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ. އައިޝަތު ރަމީލާ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަނުކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

ރަމީލާއަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. ސިއްހީ ހާލުކޮޅު ހުރިގޮތުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 1، 2024، ގަ އެވެ.

މައުޟޫޢުތަށް