ކަސްޓަމްސްގެ ވެރިންނަށް ފިޔަވަޅު އަޅަން މުއިއްޒު އެންގުމަކީ މަޖިލީހުން މައްސަލަތައް ބަލަން ލިބޭ ހިތްވަރެއް: ނާޒިމް

އަދަދު

29 އޮކްޓޯބަރު 2025 | ބުދަ | 1:24

ބޮންޑެޑް ވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓޫނުތަކެއް އެތަނުން ނެރުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން މުހައްމަދު މުއިއްޒުއަށް ދެއްވި މައުލޫމާތާއި ލަފަޔާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ނިންމުމަކީ ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުގެ މައްސަލަތައް މަޖިލީހުން ބެލުމަށް ލިބޭ ހިތްވަރެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިން ލަފަޔާ އެއްގޮތަށް ވަކިކުރަން އެންގީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އަޅަން އެންގި ކަމަށް ވެސް ވިދާޅުވި އެވެ.

ފެނަކަ ކުންފުނީގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ މީހުންނަށް ފިޔަވަޅު އަޅަން މުއިއްޒު ނިންމެވުމަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. މިއީ މަޖިލީހުގެ ބާރުވެރި ކަމަށާއި ގަދަރަށް މުއިއްޒު އިހުތިރާމު ކުރާކަން ދައްކުވައިދޭ ނަމޫނާއެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މައުޟޫޢުތަށް