ޖޭއެސްސީގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކޮށްފި

އަދަދު

29 އޮކްޓޯބަރު 2025 | ބުދަ | 2:15

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމަށް ހުސްނީ މުބާރަކު އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނުކޮށް މަގާމުގެ ލިޔުން އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގަ އެވެ. އެ ރަސްމިއްޔާތުގައި ހުސްނީ މުބާރަކު ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ.

ހުސްނީ މުބާރަކު ޖޭއެސްސީއަށް އައްޔަނުކުރީ އެ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލު ކުރައްވާ މެންބަރުގެ މަގާމަށެވެ. އެ މަގާމުގައި މީގެ ކުރިން ހުންނެވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. އެ މަގާމު ހުސްވީ ރިޒާ އިސްތިއުފާ ދެއްވުމުންނެވެ.

މައުޟޫޢުތަށް