ހެލްތު މިނިސްޓްރީ އިން އެމްޕީއެލްއާ ހަވާލުކޮށްގެން ރާއްޖެއަށް ގިނަ އަދަދެއްގެ އެމްބިއުލޭންސް ގެންނަނީ
އަދަދު
29 އޮކްޓޯބަރު 2025 | ބުދަ | 7:46
ވިޔަފާރި ބަނދަރުތައް ހިންގައި ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީ އިން ރާއްޖެއަށް ގިނަ އަދަދެއްގެ އެމްބިއުލޭންސްތަކެއް ގެންނަން ތައްޔާރުވެއްޖެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އެމްޕީއެލް އިން ގެންނަ އެމްބިއުލޭންސްތަކުގެ އަދަދު 56 އަށް އަރާނެ އެވެ. އެކަމަކު ފުރަތަމަ ގެންނަނީ 18 އެމްބިއުލޭންސް އެވެ. އެ ވެހިކަލްތައް އިންސްޕެކްޓު ކުރަން އެމްޕީއެލް އަދި ހެލްތު މިނިސްޓްރީގެ ޓީމެއް ދަނީ މިވަގުތު ދުބާއީގައި ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާ ގޮތުގައި އެމްޕީއެލް އިން އެމްބިއުލޭންސް ގެންނަނީ، އެކަމަށް ހަރަދު ކުރާނެ ފައިސާ ސަރުކާރުގައި ނެތުމުންނެވެ. އެމްޕީއެލް އިން ގެންނަ އެމްބިއުލޭންސްތަކަށް ހެލްތު މިނިސްޓްރީ އިން ފައިސާ ދައްކަން ޖެހުނު ނަމަވެސް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ އެވެ.