ބޮޑު ކޮރަޕްޝަނެއްގެ ތުހުމަތުގައި ހަތަރު ފުލުހަކު ސަސްޕެންޑުކޮށް، ވަޒީފާއިން ވަކިކުރަން ލަފާ ދީފި
އަދަދު
29 އޮކްޓޯބަރު 2025 | ބުދަ | 9:04
ށ. މިލަންދޫ ފުލުސް އޮފީހުގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދަކަށް ފައިސާ ވަދެފައިވާ މައްސަލައެއްގައި ހަތަރު ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ލަފާ ދޭން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެެސެޖެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ކަމަށެވެ. މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރަން ލަފާ ދޭން އެ ބޯޑުން ނިންމި ކަމަށް އެ އިދާރާއިން ބުންޏެވެ.
"މި މައްސަލައާ ގުޅިގެން ހަތަރު ފުލުހެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމާފައިވޭ،" ފުލުހުން ފޮނުވި މެސެޖެއްގައި ބުންޏެވެ.