މި އަހަރަށް ކަނޑައެޅި ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލްނުވާނެ ކަމަށް ފިނޭންސުން ލަފާކޮށްފި

އަދަދު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:05

ސަރުކާރުން މި އަހަރަށް ކަނޑައެޅި 2.3 މިލިއަން ޓޫރިސްޓުންގެ ޓާގެޓު ހާސިލްނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

އިތުބާރުހުރި މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވާ ސްޕީޗުގައި މިކަން އިއުލާނުކުރައްވާނެ އެވެ. ފިނޭންސުން މިހާރު ލަފާކުރާ ގޮތުގައި މި އަހަރު ނިމެންވާއިރަށް ރާއްޖެ އަންނާނީ 2.26 މިލިއަން ޓޫރިސްޓުންނެވެ.

މިއާއެކު މި އަހަރު ވެގެންދާނީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި އަހަރު ފިޔަވާ މި ފަހުގެ ތާރީހެއްގައި ސަރުކާރުން އަންދާޒާކުރި އަދަދަށް ޓޫރިސްޓުން ނާންނާނެ ފުރަތަމަ އަހަރަށެވެ.

މައުޟޫޢުތަށް