ޝިމަން އާއި މަހުޒޫމްގެ މައްޗަށް އުފުލި ޖިނާއީ ދައުވާގެ ޝަރީއަތް އަންނަ މަހު ފަށަނީ

އަދަދު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 12:56

ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުން ކުރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އައިޝަތު ޝިމަން އާއި މަހްޒޫމް މާޖިދުގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް އަންނަ މަހުގެ 24، ގައި ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޝިމަންގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ. އެއީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން އުފުލި ދައުވާއެކެވެ.

އެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި ބައިވެރިވުމަށް އަންނަ މަހުގެ 24، ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށް ޝިމަންއަށް ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވާފަ އެވެ.

މައުޟޫޢުތަށް