ބަޖެޓު 2026: މުލީއާގެއަށް 34 މިލިއަން، ހިލާލީގެއަށް 14 މިލިއަން، މުރައިދޫއަށް 4.1 މިލިއަން ރުފިޔާ

އަދަދު

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 2:45

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެތަކަށް ޖުމްލަ 52 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

މީގެތެރެއިން އެންމެ ބޮޑު ހަރަދެއް ދާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ މުލީއާގެއަށެވެ. އެގޮތުން އަންނަ އަހަރަށް މުލީއާގޭގެ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 34 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓަށް ވުރެ ހަތަރު މިލިއަން އިތުރު އަދަދެކެވެ.

ނައިބު ރައީސްގެ ރަސްމީ ގެ، ހިލާލީގެއަށް އަންނަ އަހަރު ހަރަދުވާނެ ކަމަށް ލަފާކޮށް ބަޖެޓުގައި ޖަހާފައިވަނީ 14 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ބަޖެޓުކުރި އަދަދަށް ވުރެ 4.2 މިލިއަން އިތުރު އަދަދެކެވެ.

މައުޟޫޢުތަށް