ބަޖެޓު 2026: ފޮރިން މިނިސްޓްރީއަށް ދޭ 349 މިލިއަން ރުފިޔާގެ 77 ޕަސެންޓު އެމްބަސީތަކަށް
އަދަދު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 4:25
އަންނަ އަހަރަށް ލަފާކޮށް މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ނިންމާފައި އޮތް އަދަދުގެ 77 ޕަސެންޓު ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަންތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް ދޭން ހިމަނާފައިވަނީ ޖުމްލަ 349 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން މިނިސްޓްރީގެ ހަރަދުތަކަށް ދާނެ ކަމަށް ލަފާކޮށްފައިވަނީ 78.6 މިލިއަން ރުފިޔާ އެވެ. ބާކީ 270 މިލިއަން ރުފިޔާ އަކީ ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކާއި، ހައި ކޮމިޝަން ތަކާއި ކޮންސުލޭޓު އަދި މިޝަންތަކަށް ކުރާ ހަރަދެވެ.
ހައި ކޮމިޝަންގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އަށެވެ. ދެވަނައަށް ސްރީލަންކާގައި ހުންނަ އެމްބަސީ އަދި ތިންވަނައަށް އެންމެ ބޮޑު ހަރަދެއް ކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަން އަށެވެ.