13 މިލިއަން ސިނގިރޭޓުގެ ވައްކަން: އާއްޓެ އާއި މުއާޒް ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަދަދު
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:11
އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރުކުރި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓެ) އާއި ކަސްޓަމްސްގެ ކުރީގެ އޮފިސަރެއް ކަމަށްވާ މުއާޒް އަލީ ވެސް ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު، އާއްޓެ އާއި މުއާޒްގެ އިތުރުން ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދުމުން އެ އެންމެން ވެސް ޝަރީއަތް ވަނީ ނިމެންދެން ކޯޓުން ވަނީ ބަންދުކޮށްފަ އެވެ.
އާއްޓެ އާއި މުއާޒްގެ އިތުރުން ޝަރީއަތް ނިމެެންދެން ބަންދުކުރަން މިއަދު އަމުރުކުރީ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި ކޮންޓެނައިރު އުފުލި ދޯނީގެ ކެޕްޓަން ކަމަށް ތުހުމަތުކުރެވޭ އާދަމް ވަހީދުގެ އިތުރުން އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހްމަދު ފިރުސާން އެވެ.