ޕީއެންއެފްގެ ރައީސަކަށް ޔާމީން, ނައިބުންނަށް ޖަމީލް އާއި ޒެއިން
އަދަދު
31 އޮކްޓޯބަރު 2025 | ހުކުރު | 8:00
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެ ޕާޓީގެ ނައިބު ރައީސް ކަމަށް މުހައްމަދު ޖަމީލް އަހުމަދާއި އަދި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ހޮވިއްޖެ އެވެ.
ޕީއެންއެފްގެ ލީޑަޝިޕް އަލުން އެކުލަވާލީ ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގަ އެވެ. އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްއަކަށް މުހައްމަދު މަލީހް ޖަމާލް އަދި ޓްރެޝަރާ އަކަށް ހޮވުނީ އަހުމަދު މުސްތަފާ މުހައްމަދު އެވެ.
ލީޑަޝިޕްގެ މި މަގާމުތަކަށް އިތުރު މީހަކު ވާދައެއް ނުކުރެ އެވެ. އެހެންވެ، އޮޓޮމެޓިކުން އެ ބޭފުޅުން މަގާމަށް ހޮވިފައިވާކަން ކޮންގްރެސްގައި އިއުލާނުކުރި އެވެ.