އައްޑޫ ސިޓީން އަނެއްކާވެސް ކަރަންޓު ކަނޑަނީ، އެއާޕޯޓުގައި ކަރަންޓު ނެތިގެން ފަސިންޖަރުން މަޑުކުރަން ވެސް ޖެހުނު
އަދަދު
31 އޮކްޓޯބަރު 2025 | ހުކުރު | 6:08
އައްޑޫ ސިޓީއަށް ކަރަންޓު ދެވޭވަރުގެ ގާބިލުކަން ނެތިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން އަނެއްކާވެސް ކަރަންޓު ކަނޑަން ފަށައިފި އެވެ.
އައްޑޫ މޭޔަރު، އަލީ ނިޒާރު ވިދާޅުވީ ކަރަންޓު ކަނޑަމުން ދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ރަށަށް ގެނައި ޖެނެރޭޓަރުތަކުން ވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
"ގަޑިއަކުން ގަޑިއަކުން، އެކި ތަންތަނުން ކަނޑަމުން ދަނީ ހަމަ ނުހިފެހެއްޓިގެން ކަނޑަމުން ދަނީ. އެއް ދިމާލަކުން ވެސް ނޫން ކަނޑަނީ. އެކި ދިމަދިމާލުން ކަނޑަމުން ދަނީ، ދެ ހަފުތާއެއްހައި ދުވަސްވެއްޖެ ކަރަންޓު ކަނޑަމުންދާތާ،" ނިޒާރު ވިދާޅުވި އެވެ.