ޕާޓީ އުވައިލީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުން ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓި އިއާދަކޮށްފި
އަދަދު
31 އޮކްޓޯބަރު 2025 | ހުކުރު | 9:17
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި 3000 މީހުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުން ސިޔާސީ ޕާޓީތަކުގެ ދަފުތަރަށް އެ ޕާޓީއާ އިއާދަ ކުރަން ކޮމިޝަނުން ނިންމައިފި އެވެ.
ލޭބާ ޕާޓީގެ މެންބަރުންގެ އަދަދު 3000 އަށް ނާރާ ކަމަށް އިލެކްޝަންސް އިން ނިންމީ މާޗް، 2022، ގަ އެވެ. އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ސެޕްޓެމްބަރު 30، 2025، ގަ އެވެ.
ކޯޓުގެ އެގޮތަށް ނިންމުމުން ސިޔާސީ ޕާޓީގެ ދަފުތަރަށް ލޭބާ ޕާޓ އިތުރު ކުރަން އިލެކްޝަންސް އިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހެވެ. ކޮމިޝަނުގެ ނިންމުން ލޭބާ ޕާޓީއަށް މިހާރު ވަނީ ރަސްމީކޮށް އަންގައިފަ އެވެ.