ހިޔާ ޓަވަރެއްގެ މަތީ ބުރިއަކުން މީހަކު ވެއްޓި މަރުވެއްޖެ

އަދަދު

1 ނޮވެމްބަރު 2025 | ހޮނިހިރު | 9:36

ހިޔާ ޓަވަރެއްގެ މަތީ ބުރިއަކުން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ވެއްޓިފައިވަނީ ހިޔާ ޓަވަރު އަށަކުން ކަމަށެވެ. ވެއްޓުނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ މީހާގެ ބޯ ބިންމަތީ ޖެހި ގިނަ އަދަދެއްގެ ލޭ އައިސްފައިވެ އެވެ.

މައުޟޫޢުތަށް