ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ޑިސެމްބަރު މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އަހަރަކު ހަތް މަސްދުވަހު
އަދަދު
1 ނޮވެމްބަރު 2025 | ހޮނިހިރު | 12:57
ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 1، އިން ފެށިގެން ޖޫން 30، ގެ ނިޔަލަށް ޖުމްލަ އަހަރަކު ހަތް މަސްދުވަހަށް ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ކަނޑައަޅައިފި އެވެ.
އިއްޔެއިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ސަރުކާރުން ވަނީ ހުއްދަކޮށްފަ އެވެ. އޭގެ ފަހުން، ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގުމުގެ ގަވާއިދަކާއި ކަށިމިޔަރު މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މި ހުއްދަ ކުރީ، މިޔަރުގެ އެއްވެސް ބާވަތެއް ބޭނުން މަނާކޮށްފައި އޮންނަތާ 15 އަހަރާއި ނުވަ މަސްދުވަސް ފަހުންނެވެ. މިޔަރު ބޭނުން މަނާ ކުރުމުން "ޝާކް ސެންކްޗުއަރީ" އެއްގެ ގޮތުގައި މަޝްހޫރުވެ، ފަތުރުވެރިންގެ މެދުގައި އިތުރަށް މަގުބޫލުވި އެވެ.