ބަޖެޓު 2026: ދައުލަތުން އިއްޒަތް އަރުވާފައިވާ މީހުންނަ ހެލްތު އިންޝުއަރެންސް ދެނީ
އަދަދު
1 ނޮވެމްބަރު 2025 | ހޮނިހިރު | 1:14
އެކި އަހަރު މަތިން ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ހިމަނައިފި އެވެ.
ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް ހިމަނާފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ.
މިއީ އެ ބޭފުޅުންނަށް މިފަދަ އިނާޔަތެއް ދިނުމަށް ދައުލަތުގެ ބަޖެޓުގައި ހިމެނި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ދެ އަހަރުގެ ބަޖެޓުގައި ވެސް މި އިނާޔަތް ހިމަނާނެ ކަމަށް ވެސް ބަޖެޓުގައި ބުނެފައިވެ އެވެ.