ދަރިވަރުންތަކަކަށް ބަރަހަނާ ވީޑިއޯ ދައްކާ ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި
އަދަދު
1 ނޮވެމްބަރު 2025 | ހޮނިހިރު | 2:39
ދަރިވަރުންތަކަކަށް ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯ ދައްކާ ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. މި ހާދިސާ ހިނގާފައިވަނީ ސައުތު ސެންޓްރަލް ސަރަހައްދުގެ ރަށެއްގަ އެވެ. ކުޑަކުދިންނަށް ގޯނާ ކުރާ މައްސަލަތުގައި، އެ ކުދިންގެ ރައްކާތެރިކަމަށް ބަލައި ފުލުހުން ހާދިސާ ހިނގާ ރަށުގެ މައުލޫމާތު އާންމެއް ނުކުރެ އެވެ.
ހައްޔަރުކުރި ޓީޗަރު ވީޑިއޯ ދައްކާ ގޯނާ ކޮށްފައިވަނީ އޭނާ ކިޔަވައިދެމުންދިޔަ ފިރިހެން ދަރިވަރުންތަކަކަށެވެ. ގޯނާ ލިބުނު ދަރިވަރުންގެ އަދަދެއް ފުލުހުން ނުބުނެ އެވެ.