ފަށާފައި ހުރި މަޝްރޫއުތައް ނިންމާދިނުމަށް ހޯރަފުށީ ކައުންސިލްގެ ރައީސް ގޮވާލައްވައިފި

އަދަދު

2 ނޮވެމްބަރު 2025 | އާދިއްތަ | 1:52

ހޯރަފުށީގައި ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަރުކާރަށް ގޮވާލައްވައިފި އެވެ.

އަދަދު އަށް ދެއްވި އިންޓަވިއުއެއްގައި ވަހީދު ވިދާޅުވީ މިހާރު އެންމެ އަވަހަށް ބޭނުންވަނީ ރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ނިމި, އެތަންތަނުގެ ހަގީގީ މަންފާ އާއި ނަފާ ރައްޔިތުންނަށް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ދިއުން ކަމަށެވެ.

ވަހީދު ވިދާޅުވި ގޮތުގައި ރަށުގައި މިހާރު ހަދާފައިވާ ބޮޓްލިން ޕްލާންޓް އަކީ އެތައް މިލިއަން ރުފިޔާ އެއް ހަރަދު ކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެތަން ހުރީ ހުޅުވޭނެ ވަރަށް ތައްޔާރީތައް ވެފައި ކަމަށާއި, އެހެންނަމަވެސް, މި ސަރުކާރު އައި ފަހުން އެތަނުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް