ޕާކިސްތާނުގެ މަނަވަރު އައުމާއެކު އަނެއްކާވެސް އިންޑިއާ އަސްކަރިއްޔާގެ ޖާސޫސީ އުޅަނދެއް ރާއްޖެ ކައިރިއަށް

އަދަދު

1 ނޮވެމްބަރު 2025 | ހޮނިހިރު | 6:35

ޕާކިސްތާނުގެ އަސްކަރީ މަނަވަރެއް ރާއްޖޭގައި އޮއްވާ، އެ ގައުމާ އަސްކަރީ ގޮތުން އެންމެ ވާދަވެރި އިންޑިއާއިން ޖާސޫސްކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ރާއްޖެ ކައިރިން ދުއްވައިފި އެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ "ޕީއެންއެސް ސައިފް" މާލޭގައި ބަނދަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު މަނަވަރު މާލެ ކައިރިން ފެނުނު ނަމަވެސް މިހާރު އެ މަނަވަރު އޮތް ސަރަހައްދެއް ކަށަވަރެއް ނޫނެވެ. އެ މަނަވަރު ފުރައިގެން ދިޔަކަން ކަށަވަރުވެފައެއް ނުވެ އެވެ.

އެ މަނަވަރު ރާއްޖޭގައި އޮއްވާ މިއަދު، ރާއްޖެ ސަރަހައްދުގެ އިރުމަތިން ދުއްވާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ P-81 Neptune މަރުކާގެ އުޅަނދެކެވެ. މި އުޅަނދުގެ ރަޖިސްޓްރޭޝަން ނަމްބަރަކީ IN330 އެވެ. އެ އުޅަނދު ރާއްޖެ ކައިރިން ދުއްވީ 18،000 ފޫޓު މަތިންނެވެ. އެންމެ ކައިރިވީ މާލެ އަތޮޅާ އެވެ.

މައުޟޫޢުތަށް