ބަޖެޓު 2026: ޑެފިސިޓް ފޫބައްދަން އެސްޑީއެފް އިން 4.2 ބިލިއަން ރުފިޔާ ނަގަނީ
އަދަދު
1 ނޮވެމްބަރު 2025 | ހޮނިހިރު | 8:37
ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ފޫބައްދަން ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) އިން ގިނަ އަދަދެއްގެ ފައިސާ ނަގަން ނިންމާ އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ސަރުކާރުން މަޖިލީހަށް މިހާރު ފޮނުވާފައިވާ ބަޖެޓުގައި އެސްޑީއެފް އިން ނަގާނެ ކަމަށް ޖަހާފައިވަނީ 4.2 ބިލިއަން ރުފިޔާ އެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޑެފިސިޓު ފޫބެއްދުމަށް އެސްޑީއެފް އިން ފައިސާ ނަގާ ފުރަތަމަ ފަހަރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެސްޑީއެފް އިން ނަގަން ނިންމާފައި އަދަދު އަންނަ އަހަރު އެ ފަންޑަށް ޖަމާވާނެ ކަމަށް ސަރުކާރުން ލަފާކުރާ އަދަދަށްވުރެ ގިނަ އެވެ. އަންނަ އަހަރު އެސްޑީއެފް އަށް ޖަމާވާނެ ކަމަށް ލަފާކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.