ލަންކާގެ ކޮޅުނބާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި: ރިޕޯޓު
އަދަދު
2 ނޮވެމްބަރު 2025 | އާދިއްތަ | 9:15
ސްރީ ލަންކާގެ ވެރި ރަށް ކޮޅުނބާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ފަށަން މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.
ސްރީ ލަންކާ ގާޑިއަންގައި ގެނެސްދިން ހަބަރެއްގައި ބުނެފައި ވަނީ ދެ ގައުމުގެ މެދުގައި ފެރީގެ ހިދުމަތް ފެށުމަށް މަޝްވަރާ ކުރެވުނީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ޖުލައި މަހުގެ ތެރޭގައި މާލެއަށް ކުރެއްވި ދަތުރުގެ ތެރެއިން ކަމަށެވެ.
ފެރީގެ ހިދުމަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ލަންކާއިން ރާއްޖެއަށް މުދާ އެތެރެ ކުރުން ކަމަށް ލަންކާ ހައި ކޮމިޝަނުގެ މުވައްޒަފަކާ ހަވާލާދީ ގާޑިއަންގައި ބުނެފައިވެ އެވެ. އެކަމަކު، ފެރީ ދަތުރު ކުރަން ގާތްގަނޑަކަށް 30 ގަޑިއިރު ހޭދަވާނެތީ، އެ ހިދުމަތް ފެށުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.