މީޑިއާ ކައުންސިލާއި ބްރޮޑްކޮމް އެއްކޮށްލުމުން ސަލާމަތްވީ އެންމެ ދެ ލައްކަ ރުފިޔާ
އަދަދު
2 ނޮވެމްބަރު 2025 | އާދިއްތަ | 1:26
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އުވާލައި، އެ ދެ ކޮމިޝަން އެއްކޮށްލައިގެން ކޮންޓްރޯލް ކޮމިޝަން އުފެއްދުމުން ސަލާމަތްކުރެވުނީ އެންމެ ދެ ލައްކަ ރުފިޔާކަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން ދައްކައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައި ކޮންޓްރޯލް ކޮމިޝަނަށް ކަނޑައަޅާފައި ވަނީ 16.32 މިލިއަން ރުފިޔާ އެވެ. އެމްއެމްސީ އާއި ބްރޮޑްކޮމްއަށް މި އަހަރު ކަނޑައެލި ބަޖެޓު އެއްކޮށްލުމުން ލިބެނީ 16.08 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ދެ ކޮމިޝަން އެއްކޮށްލުމުން ސަލާމަތް ކުރެވުނީ އެންމެ 243،760ރ. އެވެ.
މި އަހަރުގެ ބަޖެޓުގައި އެމްއެމްސީއަށް 4.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބްރޮޑްކޮމްއަށް ކަނޑައަޅާފައި އޮތީ 11.54 މިލިއަން ރުފިޔާ އެވެ.