ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކުރަން 367 މިލިއަން, ބުނި އަގަށް ވުރެ 91 މިލިއަން އިތުރު

އަދަދު

2 ނޮވެމްބަރު 2025 | އާދިއްތަ | 1:36

ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 367 މިލިއަން ރުފިޔާ ހަރަދުވާ ކަން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން އެނގިއްޖެ އެވެ.

ހިޔާގެ 16 ޓަވަރުގައި ލިފްޓު ހަރުކުރުމަކީ މި ސަރުކާރުގެ އެންމެ ކުރީކޮޅުގައި ފައިސާ ހަމަޖެހިގެން ފެށި މަޝްރޫއެކެވެ. މިއީ އެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި 200 މިލިއަން ރުފިޔާ ޖަހައިގެން ފެށި މަސައްކަތެކެވެ.

ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓުގައި އޮތީ ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ހިނގާނެ ކަމަށް ބަލައިގެން ކަނޑައެޅީ 200 މިލިއަން ރުފިޔާއިން ހަރަދުވާނެ ކަމަށް އޮތީ އެންމެ 108 މިލިއަން ރުފިޔާ އެވެ.

މައުޟޫޢުތަށް