ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ
އަދަދު
2 ނޮވެމްބަރު 2025 | އާދިއްތަ | 4:35
މާލެ އެމްޕީއެލް ބަނދަރާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ތިން މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އަނިޔާވި ތިން މީހުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އެ ތިން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަ ނުކުރެ އެވެ.
"މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން. އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.