ކޮޅުވެއްޓި ބަނޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
އަދަދު
2 ނޮވެމްބަރު 2025 | އާދިއްތަ | 6:38
މާލެ އެމްޕީއެލް ބަނދަރު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މިއަދު ހިނގި ހާދިސާގައި ބިދޭސީއަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ މަސްއޫދު ހޮސައިން، 32، ކަމަށެވެ.
އެ ހާދިސާގައި ބަންޑުން ޖަހާލި ކޮޅުވެއްޓިން 14 މީހުން ދަތުރުކުރި ކަމަށާއި އެ އެންމެން ވެސް ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.